މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއި ގޭގެ މަތީ ފަންގިފިލާއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއަށް އިޝާރަތްކުރައްވައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ "ބިރަކާއި ނުލައި މަޖާކުރަން ހިތްވަރު ދިން މީހުން" ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއި ގޭގެ މަތީ ފަންގިފިލާއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ހާދިސާގެ އެންމެ ބޮޑު ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރު ދިން މީހުން ކަމަށެވެ. ރައީސް އެ އިޝާރަތް ކުރަށްވަނީ އިދިކޮޅު އެމްޑީޕީއަށެވެ. ބިރަކާއި ނުލައި މަޖާކުރުމަކީ އެމްޑީޕީގެ ކެމްޕެއިން ޝިއާރެކެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ހިތާމަވެރި ހާދިސާއިން އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ގޮތުގައި، ޒިންމާ ނަގަންޖެހޭނީ އަހަރުތަކެއް ކުރިން ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށެވެ.
"އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ މުހިންމު ކަމެއް ނޫނޭ ކިޔައި، މަޖާކުރާ ޒުވާންކަމުގައި ބޭނުން ގޮތަކަށް އުޅޭށޭ ބުނެ ހިތްވަރު ދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯހުޅުވައި ބަލަން އެބަ ޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޒުވާނުން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައި، ޤައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ރީތި އާދަތަކުން ބޭރަށް ޤައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
"ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުން ވާންޖެހޭނީ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ކަމަށާއި، ޖޯޝުގައި ޖެހިގެން އިމޯޝަނަލްވެ، ބަޔަކު ދައްކާ ކޮންމެ ވާހަކައެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އަމިއްލަ ސިކުނޑިން ވިސްނައިގެން، އަމިއްލައަށް ކަންކަމުގެ ތެދު ދޮގު ބެލޭ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު