ކުރިއަށް އޮތް އަހަރު ވެގެންދާނީ އަލަށް އުފަންކުރެވޭ ގާނޫނުތަކާ އެކު ފުލުހުންގެ ހިދުމަތުގެ މަސައްކަތުގައި ތަފާތު ފެނިގެންދާނެ އަހަރަކަށްކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތީ ގައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި ފުލުހުންނަކީ އެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިސް އިދާރާކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމަށް ދިމާވެފައިވާ ހުރަސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހި ކުށްކުރާ ގްރޫޕްތައް އުފެދި މުޖުތަމައުގެ ހަމަޖެހުން ގެއްލިފައިވާވުން ހިމެނޭކަމަށް އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މުޖުތަމައުގައި މޫލާފައި ހުރި ނުރަނގަޅު އާދަތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން، މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ހާއްސަ ގާނޫނުތައް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދާހިލީ ސަލާމަތާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެންނަވާ، ފުލުހުން އިސްވެ ތިބޭގޮތަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލެވިގެން ދިޔައީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން މި ދައުރުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، އަލަށް ހުށަހެޅޭ ގާނޫނުތައް ފާސްވެގެން ދިޔުމުން ފުލުހުންގެ މަސައްކަތުގައި އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށާއި ކުރިއަށް އޮތް އަހަރު އެ ތަފާތު ފެނިގެންދާނެކަމަށެވެ.
އަދި މިނިސްޓަރުގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަމެއް ދެއްވާނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން އޯގާތެރިކަމާ ހިނިތުންވުމާ އެކު ދެވޭ ހިދުމަތަކަށް ހެދުމަށްކަމަށް ވިދާޅުވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ރައްޔިތުން އެދޭ، އަދި އެބަދަލު އިހުސާސް ކުރެވޭފަދަ ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒު ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު