ޤައުމާއި މެދު ނުވިސްނާ ބަޔަކު ސިޔާސީ ބޭނުމަށް ހިންގާ ކަންކަމަށް އަޅުގަނޑުމެން ލޯ ހުޅުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމާމެދު ނުވިސްނާ ބަޔަކު ކުރަމުންދާ ކަންކަމަށް ރައްޔިތުން ލޯ ހުޅުވަންޖެހޭ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ ހަމަޖެހުމާއި އަމާންކަމަކީ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އިންވެސްޓަރުން ޤައުމަށް އައުމުގައި ބަލާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޤައުމުގެ ހަމަޖެހުމާއި، އަމާންކަމާއި، ޤާނޫނުގެ ވެރިކަން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފައްދައި، އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން މި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން ވާންޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ޚިދުމަތް އަދާކުރުމަށް ފުރުޞަތު ދޭ ބަޔަކަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކަށަވަރުކޮށްދޭނީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނީ ދެ ފުށް ފެންނަ، ޒިންމާދާރު، ތެދުވެރި އަދި އަމާނާތްތެރި ޚިދުމަތެއްކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ޒިންމާދާރުކަމާ އެކު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މި މުއައްސަސާގެ ފަރާތުން ރައްޔިތުންނަކަށް ދޮގެއް ނުހަދާނެ، އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަކަށް ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް، އަދި އެއީ ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ޤައުމުގެ މިނިވަންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތް ފަރާތެއް ކަމަށް ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު