އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓުނު ކަމަށް ބުނާ މައްސަލައިގައި ހިމެނޭ އެއްވެސް މީހަކު ރާއްޖެއިން ބޭރަށް ނުފުރާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނޭ އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަވެސް ދީފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ކ. މާލެ، ގ. ނޯތުބްރީޒް އައިޝަތު ލަޔާލީ އިޤްބާލުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެ ދޫކޮށް މެލޭޝިއާއަށް ދިޔަކަމަށް ބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

މިމަހުގެ 18 ވަނަ ދުވަހު ހިނގައިދިޔަ މި ހާދިސާގެ މައްސަލައާއި ގުޅޭ އެންމެން ހޯދައި ފުލުހުން ވަނީ އެންމެންގެ ބަޔާން ނަގާފައެވެ. އަދި މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ ގޮތަށްކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ގެންދަނީ މި މައްސަލައިގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް ބުނެ މައްސަލަ ތަހުގީގު ކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން