ކޮމިޝަނާ އޮފް ޕޮލިސް(ސީޕީ) އަލީ ޝުޖާއު--
ކޮމިޝަނާ އޮފް ޕޮލިސް(ސީޕީ) އަލީ ޝުޖާއު--
ދިވެހި ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ބައެއް ނޫންކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ސީޕީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ފުލުހުންގެ ހިދުމަތެކޭ އެއްގޮަތަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދުމަށް ވެސް މަސައްކަތް ކުރަމުންދާާ ކަމަށެވެ.

އަދި އެކަމަށްޓަކައި ޓެކްނޮލޮޖީ ބޭނުން ހިފަމުންދާކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.

ސީޕީ ވިދާޅުވީ ވަކިވަކި ފުލުހުންގެ ފަރާތުން މަދު ހާލަތެއްގައި ފެންނަ ކަންކަމަކީ މުޅި ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށާއި އެގޮތަށް ނުދެކުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ހިދުމަތެއް ނޫން. ފުލުހުންނަކީ އަނިޔާވެރިވާނެ ބައެއް ނޫން،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުންނޫން އެހެން އެއްވެސް މަގުސަދެއް ފުލުހުންގެ ނޯންނާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ސަލާމަތަށް ޓަކައި 24 ގަޑިއިރު މަސައްކަތްކޮށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން ވާނެކަމުގެ ޔަގީންކަން ސީޕީ ދެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން