އަހުޒަމް އަޙްމަދު   25 އޭޕްރީލު 2025 - 17:22
ރައުދު އަހުމަދު ޒިލާލު
ރައުދު އަހުމަދު ޒިލާލު
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ)ގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރައުދު ހައްޔަރުނުކުރާތީ ފާޑުކިއުން އަމާޒުވެފައިވަނިކޮށް ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ތަނާހެން ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިދީފައިވާ ކަމަށެވެ.

ރައުދަކީ އަންހެން މީހާ ވެއްޓުނު އިމާރާތުގައި އޭނާއާއެކު އުޅުނު މީހާ އެވެ. އިއްޔެ ފުލުހުން ވަނީ ރައުދާއި އަންހެން މީހާ އިމާރާތުގައާއި އަދި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފަ އެވެ.

އެ މައްސަލައިގައި އަންހެން މީހާ ހިމެނޭހެން ޖުމުލަ 7 މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ،

އަދި އެ މައްސަލައާއި ގުޅިގެން ހ. މާންދޫގޭގެ ދެކުނު ޓެރަސްއާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެނަކު ފުޜާޅެއްގެމައްޗަށް ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ ގިނަ އަދަދެއްގެ ޒުވާނުން ފާއިތުވި ދެ ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން