މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21،އާއި އެކު އެރޭ އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ބުނެފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެކި ތުހުމަތުތައް ރައުދުގެ މައްޗަށް ކުރަމުންދާ އިރު ފުލުހުން އިއްޔެ ވަނީ ރައުދުއާއި ޔުމްނު ގެއެއްގެ ސިޑި މަތީގައި ވަރަށް ގައިގޯޅިކޮށް އުޅޭ މަންޒަރުތަކެއް ފެންނަ ވީޑިއޯ ފުޓޭޖެއް އާންމުވެސްކޮށްފަ އެވެ.
ނަމަވެސް މިހާތަނަށް ވެސް ޔުމްނު ވެއްޓުނީ ކަމެއް ނޫނީ ވައްޓާލީ ކަމަށް ސާފެއް ނުވެ އެވެ.
އެ މައްސަލައިގައި ރައުދު ހައްޔަރުކޮށް ފަސް ދުވަހަށް އޭނާ ބަންދުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ރައުދުއާއި ޔުމްނު އާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގި އެވެ.
ނަމަވެސް އޭގެ ތަފްސީލެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.
"އަނިޔާލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހ،ު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނުފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭކަމަށާއ،ި ވެއްޓުނީކަމަށް ބެލެވޭކަމަށް މީނާ ބުނެފައިވާކަމަށް
މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ފާހަގަކުރ.ި" ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ރައުދު ހައްޔަރުކުރުމުގެ ކުރިން އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.
މިރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ފުލުހުން އަމަލުކުރި ގޮތުން ރައުދުއަށް ވަކީލުންނާ ބައްދަލެއް ނުކުރެވެ އެވެ. އެހެންވެ ރައުދުއަށް ފުރިހަމައަށް ޖަވާބުދާރީ ވެވޭނީ ވަކީލުންނާ ބައްދަލުވެެގެން ކަަމަށް ބުނާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ރައުދުގެ ކުށުގެ ރެކޯޑެއް ކުރިން ނެތް ނަމަވެސް ރައުދުގެ ކުޑަކަމުދާ ޔަކެތީގެ ސާމްޕަލް ނެގިއިރު ވަނީ ކެނެބިސްއަށް ޕޮޒިޓިވްވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު