އަންނަ މަހުގައި ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" ގައި ބައިވެރިވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މިއީ މި މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އެގޮތުން މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އެންމެ ފުރަތަމަ އެ މުއްދަތު ހުޅުވައިލީ މި މަހުގެ 15 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު މި މަހުގެ 31 އާ ހަމައަށް އިތުރުކުރި އެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ ކަމެކެވެ.
މި މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރި އިރު، މިހާރު ވެސް ބައިވެރިވާން 300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު