ޒުވާނުންގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭ ކޮމިޓީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު ގެ އިތުރު ތިން މެމްބަރަކު އިސްތިއުފާ ދީފިއެވެ.

މި ފަހުން އިސްތިއުފާ ދިން މެންބަރުންގެ ތެރޭގައި ހިމެނެނީ ޤައުމީ ނެޓްބޯޅަ ކުޅުންތެރިޔާ އާމިނަތު ރަބާބު އިބްރާހީމް އަދި ނިމާލް ޙަމީދެވެ. މި ދެ މެންބަރުން ވެސް އިސްތިއުފާދިން ކަން ހާމަކުރީ އިންސްޓަގްރާމްގައެވެ.

އިންސްޓަގްރާމްގައި ރަބާބު ބުނީ އޭނާ މި ބޯޑާ ގުޅުނީ ޒުވާން ކުޅިވަރުވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރުމުގެ ނިޔަތުގައި ކަަމަށެވެ. ނަމަވެސް، ތެދުވެރިކަމާއި، ހާމަކަމާއި އަދި ޒިންމާދާރުކަން އެކަށީގެންވާ މިންވަރަށް ނެތް މުއައްސަސާއެއްގައި ދެމިހުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރަބާބު ފާހަގަކޮށްފައިވެއެވެ. އަދި އިންސާފާއި ޖަވާބު ހޯދުމަށް މަސައްކަތްކުރަމުންދާ ޒުވާނުންނާއެކު ތިބޭނެ ކަމުގެ ޔަޤީންކަން އޭނާ ދީފައިވެއެވެ.

މީގެ އިތުރުން، ނިމާލް ޙަމީދު ވެސް ވަނީ އެ ބޯޑުން ވަކިވެފައިވާކަން އިންސްޓަގްރާމްގައި ހާމަކޮށްފައެވެ.

ފާއިތުވި ބުރާސްފަތި ދުވަހު، މި ބޯޑުގެ އެހެން މެންބަރެއް ކަމުގައިވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ ހުވައިދާ މުޙައްމަދު ނިހާދު (ހުވޭ) ވެސް ވަނީ އިސްތިއުފާ ދީފައެވެ. އޭނާގެ އިސްތިއުފާއަކީ 21 އަހަރުގެ ޙައްވާ ޔުމްނާގެ މަރުގެ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަޙްޤީޤާމެދު ހިތްހަމަނުޖެހޭ ޒުވާނުންނާއެކު ހުރުމަށްޓަކައި ކަމަށް ހުވޭ ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން