މިހާރު މާލޭގެ މަގުތަކުގައި "ޖީ-ޒެން" ގެ ނަމުގައި ކުރިއަށްދާ އިހުތިޖާޖުތަކުގެ ސަބަބުން، ޤައުމުގެ އިޖުތިމާޢީ ފޭރާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެެވެ.
ޒުހުރުބާން މިފަދައިން ވިދާޅުވެފައިވަނީ، 18 އޭޕްރީލް 2023 ވަނަ ދުވަހުގެ ފަތިހު މާލޭގެ އިމާރާތެއްގެ ފުރާޅުން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން އިންސާފަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ އިހުތިޖާޖުތަކާ ބެހޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ، ތަހުޒީބުވުމަކީ އައުރަ ނިވާނުކޮށް، ހިތަށްއެރި އެއްޗެއް އެހެން މީހުންނާ ދިމާލަށް ގޮވުމާއި، އިސްލާމީ މުޖުތަމަޢުގައި މަނާކުރެވިފައިވާ ކަންކަން ކުރުމާއި، އަމިއްލަ އިޚްތިޔާރުގައި ބޭނުން ގޮތަކަށް އުޅުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ހުތުރު ޢަމަލުތައް ހިންގުމެއް ނޫން ކަމަށެވެ.
"މިފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް އެއްވުންތައް ބޭއްވުމާއި، ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓާލުމާއި، ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާ ދިމާލަށް ނޭދެވޭ ޢަމަލުތައް ދެއްކުމާއި ހަޑިހުތުރު ބަހުން މުޚާޠަބުކުރުމަކީވެސް ތަހުޒީބެއް ނޫނެވެ." ޒުހުރުބާން ޕޯސްޓުގައި ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ގޮތްތަކަށް ޢަމަލުނުކޮށްވެސް އިންސާފު ހޯދުމަށް މަސައްކަތްކުރެވިދާނެ ކަމަށެވެ.
"އިންސާފު ހޯދުމަށް މަސައްކަތް ވެސް ކުރަންވީ، އެކަމަކު ހައްގު ކަމެއް ނިގުޅައިގެންފައިވާ ކަންކަމަށް އިންސާފު ހޯދުމަށް މަސައްކަތް ކުރަމާ ހިނގާ، ޕާޓީ ކުރުމާއި ބަދު އަހުލާގީ އަމަލު ހިންގުމާ ދެކޮޅަށް ތެދުވަމާ ހިނގާ،" ޒުހުރުބާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު