އަހުމަދު ޝާހް   26 އޭޕްރީލު 2025 - 15:23
މިރޭގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ވަޒީރުން
މިރޭގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ވަޒީރުން
މި ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ 5 ވަނަ ޕްރޮގްރާމް ފަސްކޮށްފިއެވެ.

މިރެއަށް ތާވަލުކޮށްފައި އޮތް "އަހާ" ފޯރަމް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، މިފަހަރުގެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވާނީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ކަމަށެވެ.

މިސިލްސިލާގެ 2 ވަނަ ޕްރޮގްރާމްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް މިހާރު ވަނީ "ރައްޔިތުންނާ އެކު" މި ނަމުގައި ޕޮޑްކާސްޓް ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން