އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ ފޯނު ހިފަހައްޓައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މާލޭ ޢިމާރާތެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުރޭ އެއްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އެންމެންގެ ފޯނުތައްވެސް ކޯޓު އަމުރެއްގެ ދަށުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
މީގެކުރިން ފުލުހުން ވަނީ ޔުމްނު ފިޔަވައި އެހެން އެންމެންގެ ޕާސްޕޯޓުތައްވެސް ހިފަހައްޓާފައެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކީ އިތުރު އަށް މީހަކު އުޅުނު ކަމަށާއި އެންމެން އެއްކޮށް އުޅުމަށްފަހު ޔުމްނު އާއި އެރޭ އެމީހުންނާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް، ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާއެކު އުޅުނު ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަކީ ރައުދު އަހްމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހުމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ހުސައިން ހަރީސް އަލީ އަދި އިޖާޒް ޖާއިޒެވެ.
މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް މިހާރުވަނީ 5 ދުވަސް ޖަހާފައެވެ.
އޭގެއިތުރުން މި މައްސަލައާ ގުޅޭ އެންމެންގެ ބަޔާން ފުލުހުން މިހާރުވަނީ ނަގާފައެވެ. އަދި މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ ގޮތަށްކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ގެންދަނީ މި މައްސަލައިގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް ބުނެ މައްސަލަ ތަހުގީގު ކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު