މާލޭގެ އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެމައްސަލަައިގައި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި ހިނގާ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ސީޕީ ޝުޖާއު އަދި ހޯމް މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ޔުމްނު ވެއްޓުނު މައްސަަލައިގައި އޭނާއާ އެކުގައި ހާދިސާ ހިނގިރޭ އުޅުނު މީހުންގެ ތެރޭގައި މިނިސްޓަރު އަމީނާ އާއިލީ ގޮތުން ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮންނަ ބަޔަކު ހިމެނޭ ކަމަށް ވެއެެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީންގެ އާއިލީ ގެ ކަމަށްވާ، ގ. މާންދޫގޭ ދެކުނުބައިގަ އެވެ. އެމައްސަލަައިގެ ތަހުޤީޤަށް އެ ގެ ވެސް މީގެކުރިން ވަނީ ބަލައި ފާސްކޮށްފައެވެ.
އެކަމާއި ގުޅިގެން މީޑިޔާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އެކަމުގައި އޭނާގެ ބައިވެެެރިވުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ޔުމްނު ވެއްޓުނު މައްސަލަ އާއި އަދި އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ އެހެން ކަމަކާ ވެސް އޭނާއާ ގުޅުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން އޭނާގެ އިސްތިއުފާ އަށް ގޮވާލި ނަމަވެސް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ނުވެސް ވިސްނަން ތިކަމަކާ ދޭތެރޭގައެއް. ދެއާ އިސް ނޮން އޮފް މައި އިންވޯލްމަންޓު." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު