ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ މަގާމުން އިސްތިއުފާ ދެއްވަން ޝުޖާއު ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވުމަށް ނިންމެވުމަށްފަހު އެކަން މިހާރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަންގަވާފައެވެ.

އަދި ފުލުހުންގެ އިސްވެރިންނަށް ވެސް އެކަން މިހާރު ޝުޖާއު އަންގަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގުގައި އޮޅުވާލުންތަކެއް ހުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް އެކި ފަރާތްތަކުން ކުރަމުން ދަނިކޮށެވެ.

އަދި ވެއްޓުނު އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް މިހާރު ޒުވާނުން ކުރާ މުޒާހަރާތަކުގައި ވެސް ސީޕީގެ އިސްތިއުފާއަށް ދަނީ ގޮވަމުންކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން