ކުރީގެ ސީޕީ ސުޖާއު އަދި ރައީސް މުޢިއްޒު
ކުރީގެ ސީޕީ ސުޖާއު އަދި ރައީސް މުޢިއްޒު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަލީ ޝުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ.

ޝުޖާ އިސްތިއުފާ ދެއްވަން ނިންމަވާ އެކަން މިއަދުގެ ވަގުތެއްގައި ރައީސަށް އޮތީ އަންގަވާފައެވެ. އެހެންކަމުން ގާނޫނުގައި ބުނާގޮތަށް ރައީސް އޭނާގެ އިސްތިއުފާ ގަބޫލުފުޅުކުރެއްވިކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ދެންމެ ވަނީ ހާމަކުރައްވާފައެވެ.

އަދި ހޯމް މިނިސްޓްރީން ދެންމެ ބުނެފައިވަނީ، ޝުޖާއު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މިހާރުވަނީ ހަމަޖައްސާފައިވާކަމަށެވެ.

ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ މާލޭގެ ގެއެއްގެ މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ އިދާރާއަށް ގިނަ ތުހުމަތުތަކެއް އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އާންމުކުރަން ނުޖެހޭ ބައެއް މައުލޫމާތު ފުލުހުން އާންމުކޮށްފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށް ޒުވާނުންތަކެއް އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލަމުންދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން