ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން މަގާމުގެ ޒިންމާ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މިރޭ ހަވާލުކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އެންމެ ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާއެވެ. އެހެން ނަމަވެސް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ބަދަލު ގެނައީ މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ ތަހުގީގުގައި އިސްކޮށް ނަވީން ހުންނެވުމުން ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ، އިސްމާއިލް ނަވީންކަމަށް ވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ." އިހުސާން ވިދާޅުވި އެވެ.
ސީޕީ ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ އޭނާގެ އިސްތިއުފާއަށް ޒުވާނުންތަކެއް އިސްނަގަައިގެން ކުރާ މުޒާހަރާގައި ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު