ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ޔުމްނުގެ ބޭސްފަރުވާއަށް ފައިސާ ހޯދުމަށް ޓިކްޓޮޮކްގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތަކުން 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ޓިކްޓޮކްގައި އެކި މީހުންގެ ހައްގުތަކަށް ވަކާލާތު ކުރަމުންދާ، ޝެހެނާޒް (ޝެހޭ) ކުރިއަށް ގެންދިޔަ މި ލައިވްގައި ދެ ގަޑިއިރު ތެރޭ ހަތަރު ލައްކަ އަށްޑިހަހާހަށްވުރެ ގިނަ ދިވެހި ރުފިޔާ ހޯދިއެވެ. އަދި ޑޮލަރުން ނުވަހާސް ނުވަސަތޭކަ ޑޮލަރު ވެސް ހޯދިއެވެ.
އެއާއެކު ޖުމުލަ ހަލައްކަ ފަންސާސް ހަތް ހާސް އަށްސަތޭކަ ސައުވީސް ރުފިޔާ ލިބުނުކަމަށް ލައިވްގައި ޝެހޭ ވަނީ އިއުލާނުކޮށްފައެވެ.
މި ލައިވްގައި ރާއްޖޭގެ މަޝްހޫރު އެހެން ބައެއް ޓިކްޓޮކް ހޯސްޓުން ވެސް ވަނީ ބައިވެރިވެ ލައިވް ޕްރޮމޯޓު ކޮށްދީފައެވެ.
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް މިހާރު ފޮނުވާފައިވާއިރު އެކަމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ދޭނެކަމަށް އާއިލާއިން ކުރިން ބުނިނަމަވެސް، އެކަން އެގޮތަށް ވާން ނެތްކަަން މިއަދު އާއިލާއިން ހާމަކުރިއެވެ.
އެހެންކަމުން އެކި ފަރާތްތަކުން ދަނީ އެހީ ހޯދައިދިނުމަށް އެކިކަހަލަ އިވެންޓްތައް ރާވަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ވަނީ ފަންސަވީސްހާސް ޑޮލަރާއި 25 ޓިކެޓް ޔުމްނުގެ ފަރުވާއަށް ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު