ނިރުބަވެރި އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް ޣައްޒާގެ 40 މީހުން މަރުވެއްޖެއެވެ.
ޣައްޒާގެ ކަމާބެހޭ އިދާރާއާ ހަވާލާދީ ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނީ ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިއްބާ އިސްރާއީލުން ހަމަލާތައް ދީ 40 މީހުން މަރާލާފައިވާ ކަމަށެވެ.
އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދަނީ ހަމަލާތައް ދެމުންނެވެ. އިސްރާއީލުން ބުނަމުންދަނީ އެމީހުން ހަމަލާތައް ހުއްޓާލާނީ ހަމާސްގެ ބާރުގެ ދަށުގައި ތިބި އިސްރާއީލުގެ ހައްޔަރީން ދޫކޮށްލުމުން ކަމަށެވެ.
މި ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް މިހާރުވެސް މިސްރުގެ ވެރިރަށް ޤާހިރާގައި ހަމާސްގެ މަތީ ފެންވަރުގެ ވަފުދެއް ހަރަކާތްތެރިވަމުންދާކަން ފާހަގަ ކުރެވެއެވެ. އެ ވަފުދުން ދަނީ މިސްރު މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ.
މި ދަނޑިވަޅުގައި އިސްރާއީލުގައި އެގައުމުގެ ރައްޔިތުން ދަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މުޒާހަރާކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަނގުރާމަ ނިންމާލައި ޣައްޒާގައި ބަންދުކޮށްފައި ތިބި ބާކީ 59 މީހުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މި މުޒާހަރާގައި އިސްރާއީލުގެ އެތައް ހާސް ބަޔަކު ވަނީ ޓެލްއަވީވްގެ މަގުތަކަށް ނުކުމެފަ އެވެ.
މީގެ 18 މަސް ކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 51،495 މީހުން މަރުވެ 117،524 މީހުން ޒަޚަމްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61،700 އަށް މައްޗަށް އަދާހަމަ ކޮށްފައިވާކަންވެސް ފާހަގަ ކުރެވެއެވެ. އެއީ އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭތީ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު