ފުލުހުން ގަސްދުގައި ކަންތައްގަނޑެއް އޮޅުވާލުމުން މުޅިން މާޔޫސްވެއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެެއްގައެވެ.
އަދި މި މައްސަލާގައި ފުލުހުން ޢަމަލު ކޮށްފައިވާ ގޮތާމެދު ޢާއްމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އިއްޔެ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޝައިޚް ޒައިދު ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޔުމްނު ވެއްޓުނު ޙާދިސާ މިހާހިސާބަށް ގޮސްފައިވަނީ ފުލުހުން ބޭކާރު ދޮގުތަކެއް ހަދައި މައްސަލާގައި ޔޫޓާނެއް ނެގުމުން ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.
“ކަންކަން ގަސްދުގައި އޮޅުވާލުމުގެ ކަންތައްގަނޑެއް ފެނިގެން ހިނގައްޖެ. ފުލުހުންނާމެދު ގިނަ ބަޔަކު ވަރަށް މާޔޫސް ވެއްޖެ. ތެދުބަހުން ވާހަކަ ދެއްކުން ވަރަށް މުހިންމު.” ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޢަލީ ޒައިދު ވަނީ އަމިއްލައަށް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލި ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައެވެ.
“އަޅުގަނޑު ހަމަ އަޖައިބު ވެއްޖެ ވާހަކަ ބަދަލުކުރަމުންދާ ދިޔުމުން! ކާކުގެ މަޞްލަޙަތަކަށްޓަކައި ތޯ ތިޔަކަން ކުރައްވަނީ؟” ޒައިދު ސުވާލު އުފައްދަވާފައިވެއެވެ.
ޒައިދު މިހެން ވިދާޅުވެފައިވާއިރު، ޔުމްނު ރަޝީދުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރުވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ. ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށެވެ.
މައްސަލައިގެ ތަޙްޤީޤަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައިވާއިރު، ރޭގެ ވަގުތެއްގައި ޔުމްނު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލާފައެވެ.

Alhugandu Qabool kuraa gothugai kankan mihaa hisaabah mi dhiya e unnecessary dhogu thakeh hedhumun! Kankan gasthugai olhuvaalumuge kanthah gandeh fenigen hingajje! Police aa medhu gina bayaku v maayoos vejje! Thedhu bahun vaahaka dhekkun v muhinmu!
— Ali Zaid (@alizaid1000) April 26, 2025
ހަމައެއާއެކު ޢަލީ ޒައިދު ވަނީ އަމިއްލައަށް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލި ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައެވެ.
“އަޅުގަނޑު ހަމަ އަޖައިބު ވެއްޖެ ވާހަކަ ބަދަލުކުރަމުންދާ ދިޔުމުން! ކާކުގެ މަޞްލަޙަތަކަށްޓަކައި ތޯ ތިޔަކަން ކުރައްވަނީ؟” ޒައިދު ސުވާލު އުފައްދަވާފައިވެއެވެ.
ޕޮލިސް މީގެ ކުރިން ދެއްކި ވާހަކަ ބަދަލުކޮށް ބޮޑު ސިންގާ ޔޫޓާން އެއްނަގާ، މިހާ ވަރަށް މުއައްސަސާގެ އަގު އަމިއްލަށް ތިޔަ ވައްޓާލީ ކީއްވެހޭ އަޅުގަނޑު ހިތަށް އަންނަނީ! އަޅުގަނޑު ހަމަ އަޖައިބު ވެއްޖެ ވާހަކަ ބަދަލުކުރަމުންދާ ދިޔުމުން! ކާކުގެ މަޞްލަޙަތަކަށްޓަކައި ތޯ ތިޔަކަން ކުރައްވަނީ؟
— Ali Zaid (@alizaid1000) April 25, 2025
ޒައިދު މިހެން ވިދާޅުވެފައިވާއިރު، ޔުމްނު ރަޝީދުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރުވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ. ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށެވެ.
މައްސަލައިގެ ތަޙްޤީޤަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައިވާއިރު، ރޭގެ ވަގުތެއްގައި ޔުމްނު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު