މަސްދޯނިތަކަށް މަހަށް ފުރެނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ ފަޅުވެރިންނާއެކުގައި ކަމަށް ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު ވިދާޅުވެއްޖެއެވެ.
ޝާފިޢު މިހެން ވިދާޅުވެފައި މިވަނީ އިމިގްރޭޝަނުން ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 51 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުން ދާދިފަހުން އިސްތިއުފާ ދެއްވި އަޙްމަދު ޝާފިއު ވިދާޅުވީ މަސްދޯނިތަކަށް މަހަށް ފުރެނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ ފަޅުވެރިންނާއެކު ކަމަށެވެ. އަދި މަސްވެރި ރަށެއްގައި އެފަދަ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުން ދެން ވެގެންދާނެ ގޮތަކާމެދު ވިސްނާލުން ރަނގަޅުކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.
“ގިނަ ދޯނިތަކުގައި 50 އިންސައްތައަށް ވުރެ ބިދޭސީ ފަޅުވެރިންގެ އަދަދު ގިނަވާނެ. މަސްވެރި ރަށެއްގައި މިކަހަލަ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިމަ ދެންވާނީ ކިހިނެއް؟” ޝާފިޢު ވިދާޅުވެފައިވެއެވެ.
ދާދިފަހުން އިމިގްރޭޝަނުން ބުނެފައިވަނީ ދުވާފަރުން މި 51 ބިދޭސީން އަތުލައިގަތީ އެރަށޫގައި އުޅުނު 100 އަށްވުރެ ގިނަ ބިދޭސީން ފާސްކުރުމަށްފަހު ކަމަށެވެ.
އޭގެއިތުރުން ކުރިއާ އަޅާ ބަލާއިރު، ސައްހަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަންވެސް އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންވި ފަހުން ގެންދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. އެގޮތުން ސައްހަ ވިސާނެތި މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމާއި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ފުރުވާލުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. އަދި ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ހާއްސަ އޮޕަރޭޝަނެއްވެސް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު