ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު،
ޒުވާނުންނަށް ގޮވާލައްވައިފިއެވެ.
މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކުރިމަގަށްޓަކައި އަދި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމާނެ ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރު ހިފަހައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ކުރާ މުޒާހަރާގައި އުފުލާ އަޑުތަކާއި ޚިޔާލުތައް އެމަނިކުފާނު ބަލައިގަންނަ ކަމަށެވެ.
ޒުވާންކުދިންގެ މުޒާހަރާގައި އެކުދިންގެ ޝުޢޫރާ ހިޔާލު ފާޅުކުރަމުންދާއިރު، އެކަން ސިޔާސީ ކުރުމަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތައް ޖާގަ ދެވިގެންނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ޒުވާން ކުދިންނަށް ޚާއްޞަކޮށް ދަންނަވާލަން ބޭނުންވަނީ، ތިޔަ ކުދިންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުތައް ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރަން މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތު ނުދޭށޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގައި ހަމަނުޖެހުން އުފެއްދުމަކީ އެއްވެސް ދިވެއްސެއްގެ މަޞްލަޙަތު އޮތް ކަމެއް ނޫން ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުމަކީ ވަކިވަކި ފަރުދުންނަށް ވެސް އަދި މުޅި މުޖުތަމަޢުއަށް ވެސް މުހިންމު ކަމެއް ކަމަށްްް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް. އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންވާނީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު