ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންފިއެވެ.
ރައީސް މެލޭޝިޔާއަށް ވަޑައިގެންނެވެމުން ކުއަަލަލަންޕޫރު އިންޓަރނޭޝަނަން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެގައުމުގެ ސިއްޙީ ވަޒީރު ޑރ. ހާޖީ ޛުލްކިފްލީ އަހުމަދާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ. އަދި ދިވެހިރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދުވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވެސް ފާހަގަކުރެވެއެވެ.
މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިޔާ އަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މެލޭޝިއާއާދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ، އެފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މެލޭޝިއާގެ ސަރުކާރުގެ ފަރާތުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް، ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމުވެސް މި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމާއި، ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް، މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށެވެ. މިބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު