މިދިޔަ މާރިޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކޮށްގެން 65 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ މިދިޔަ މަހު އެ ވުޒާރާއަށް ހަށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޅިފައިވަނީވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 16 މައްސަލައެއް ހުށަހަޅާފައިވެއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 14 މައްސަލައާއި އިހުމާލުގެ 12 މައްސަލަ މާރިޗް މަހު ހުށަހަޅާފައިވެއެވެ.
ވުޒާރާއިން ބުނީ އެހެންކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އާއި ނަފްސާނީ އަނިޔާގެ ހަތް މައްސަލަވެސް މިދިޔަ މަހު ހުށައެޅުނު ކަމަށެވެ. އަދި ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަވެސް މިދިޔަ މަހު ހުށަހަޅާފައިވެެއެވެ.
އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ބާވަތުގެ 12 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަ މައްސަލަ އޭގެތެރޭގައި ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު