މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ އާއި ގުޅިގެން ބަލައި ފާސްކުރި ތަންތަނުން އެ ހާދިސާއާ ގުޅުންހުރި އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރީ މައްސަލައާ ގުޅުންހުރި ކަމަށް ތަހުގީގަށް ފާހަގަވި މީހުންނާ ގުޅުހުން ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ތަންތަން ކަމަށެވެ.

"އޭޕްރިލް 18، ގައި ހ. މިޓާޒް ގޭ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ބަލައި ފާސްކުރި ތަންތަނުން މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައެއް ނުވޭ." ފުލުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެއްކޮށް އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 05 ދުވަސް ޖަހައިދީފައެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވާގޮތުން ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ހާދިސާ ހިނގިރޭ ޔުމްނު އާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މީގެކުރިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން