މަރްޔަމް ނަހްދާ ވަޙީދު   28 އޭޕްރީލު 2025 - 7:2
ތައްޔާރީ ކާނާ ކަނީ، ފޮޓޯ: އިންޑިއާޓީވީ ނިއުސް
ތައްޔާރީ ކާނާ ކަނީ، ފޮޓޯ: އިންޑިއާޓީވީ ނިއުސް
ފާސްޓު ފުޑް ނުވަތަ ތައްޔާރީ ކާނާއަކީ އަވަހަށް ތައްޔާރުކޮށް، އަވަހަށް ކެވޭގޮތަށް ހުންނަ ކާނާއެވެ. މިފަދަ ކާނާގެ ތެރޭގައި ބަރގަރ، ޕިއްޒާ، ފްރައިޑް ޗިކަން، ފްރެންޗް ފްރައިސް އަދި ސޮފްޓް ޑްރިންކްސް ފަދަ ތަކެތި ހިމެނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުން ތައްޔާރީ ކާނާ ކައި އުޅެނީ އޭގެ ރަހަ ރަނގަޅުވުމާއި، އަވަހަށް ލިބެން ހުރުމާއި، އަގު ހެޔޮވުމުގެ ސަބަބުންނެވެ.

ތައްޔާރީ ކާނާއަކީ ގިނަ މީހުންގެ މެދުގައި މަގުބޫލު އެއްޗެއް ކަމުގައި ވީނަމަވެސް، މިއީ ވަރަށް ގެއްލުން ބޮޑު އެއްޗެކެވެ. ތިރީގައި މި ހިމަނާލަނީ ތައްޔާރީ ކާނާ ކެއުމުން ލިބޭ ބައެއް ގެއްލުންތަކެވެ.

ފަލަވުން

ތައްޔާރީ ކާނާގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ މީހާ މާ ބޮޑަށް ފަލަވުމެވެ. މިފަދަ ކާއެއްޗެހީގައި ގިނަ އަދަދަކަށް ގެއްލުންހުރި ފެޓާއި، ކެލޮރީތައް ހިމެނެއެވެ. މި މާ ގިނައިން ކާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެލެރީ ލިބި، އެ އިތުރުވާ ބައި ހަށިގަނޑުގައި ފެޓުގެ ގޮތުގައި ރައްކާވެއެވެ. މީގެ ސަބަބުން ހަށިގަނޑު މާ ބޮޑަށް ފަލަވެ، މީހާގެ ބަރުދަން އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތަކަށް ހަށިގަނޑު ހުށަހެޅެއެވެ.

ހަޖަމުގެ ނިޒާމުގެ މައްސަލަތައް ޖެހުން

ތައްޔާރީ ކާނާގެ ސަބަބުން ދެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަޖަމުގެ ނިޒާމުގެ މައްސަލަތައް ޖެހުމެވެ. ތައްޔާރީ ކާނާގައި ހިމެނޭ ފައިބާ ވަރަށް މަދުވާނެއެވެ. އަދި މިފަދަ އެއްޗެހީގައި ގިނަ އަދަދަކަށް ކެމިކަލްތަކާއި ޕްރިޒަވޭޓިވްތައްވެސް ހިމެނެއެވެ. އެހެންވެ މި ކެއުމުގެ ސަބަބުން ބަނޑު ބުލޯޓުވެ، ފާހާނާ ކުރަން ދަތިވެ، ބަނޑު ފުއްޕުން ފަދަ މައްސަލަތައްވެސް ދިމާވެއެވެ. އަދި ބައެއް ފަހަރު ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

ނިއުޓްރިއެންޓުތައް ނުލިބުން

ތައްޔާރީ ކާނާ ކެއުމުން ދިމާވާ އަނެއް މައްސަލައަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓުތައް ނުލިބުމެވެ. މިފަދަ އެއްޗެހީގައި ހުންނަ ކެލޮރީތައް ގިނަނަމަވެސް އެއަކުން ހަށިގަނޑަށް މާގިނަ ފައިދާތަކެއް ނުލިބެއެެވެ. މިފަދަ ކާނާގައި ވިޓަމިންތަކާއި މިނަރަލްސް ފަދަ މުހިންމު ނިއުޓްރިއަންޓްސް ވަރަށް މަދެވެ. މީގެ ސަބަބުން ހަށިގަނޑު ބަލިކަށިވެ، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ދަތިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން