ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގެ ތެރެެއިން އަންހެނަކު ރޯ އަޑު އިވިގެން ފުލުހުން ގޮސް ބެލިއިރު، ހަބަރު ހުސްވެފައި އޮތް އަންހެނަކު އެ ފްލެޓް ތެރެއިން ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގެ ތެރެެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް، މިއަދު ހެނދުނު 6:05 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބުނު ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިގެން ފުލުހުން އެ ފުލެޓަށް ގޮސް ހަރަކާތްތެރިވެ، ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން