އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ސިފަކުރަށްވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ ރައީސް މުޢިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، ފަލަސްޠީނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ހިތްވަރު ގަދަ ސިޔާސަތެއް ކަމަށެވެ. އަދި އެ މައްސަލައިގައި މެލޭޝިއާއާއި ރާއްޖޭންވެސް ގެންގުޅުއްވަނީ އެއް ސިޔާސަތެއް ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.
"ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ (އިސްރާއިލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން) ހިތްވަރު ގަދަ ނިންމެވުމެއް. އެ ނިންމެވުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަން،" މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވިއެވެ.
ޔަހޫދީ ދައުލަތަކީ ދައުލަތެއްކަމަށް މެލޭޝިއާއިން ގަބޫލުނުކުރާކަން ފާހަގަކުރައްވައި ބޮޑުވަޒީރު ވިދާޅުވީ މެލޭޝިއާއިން އެގޮތަށް ނިންމެވީ އިންސާނީ ޙައްގުތަކަށް އިހުތިރާމު ނުކުރާތީއާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފުވާތީ ކަމަށެވެ. އަދި އެއީ ފަލަސްޠީނުގައި، ޚާއްސަކޮށް ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅުހެދުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށްވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރަށްވާފައެވެ. އަދި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު