ކުރިން ނަސަންދުރަ ޕެލެސް ހޮޓެލް ހުރި އިމާރާތުގައި ތަރައްގީ ކުރި ފަސް ތަރީގެ އާ ހޮޓާ ހުޅުވައިފި އެވެ.
"ބާސެލޯ ނަސަންދުރަ" ނަމުގައި އެ ހޮޓާ ހުޅުވީ މިއަދު އެވެ. އެއާއެކު އެ ހޮޓާ ވެގެންދާނީ މާލޭގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓަލަށެވެ.
އެ ހޮޓާ ހިންގަނީ ސްޕެއިންގެ ބާސެލޯ ކުންފުނިން ނެވެ.
އެ ހޮޓަލުގައި 100 އަށް ވުރެ ގިނަ ކޮޓަރި ހުރެ އެވެ. އަދި 100 އަށް ވުރެ ގިނަ ސާވިސް އެޕާޓްމަންޓްވެސް ހުރެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްވެސް ހިމެނެއެވެ.
އޭގެ އިތުރުން އެންމެ މަތީ ފަންގިފިލާގައި ޕެންޓް ހައުސްއެއްވެސް ހުރެ އެވެ.
ނަސަންދުރަ ހުރި އިމާރާތުގައި ޒަމާނީ ހޮޓަލެއް އިމާރާތްކުރަން ހަވާލުކުރީ 2015 ވަނަ އަހަރު އެވެ.
ނަމަވެސް އެ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ މަސައްކަތް ހުއްޓުވަން އުޅުމާއެކު މަޝްރޫއު އޮތީ ދިގުލައިގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު