ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މޭ މަހު ހަވާލުކުރަން ފަށަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިނިސްޓަރ ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޕްލޭނަށް ބަދަލު ގެނެސް ގުޅީފަޅުން ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅީފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" މުއްތަލިބް ވިދާޅުވި އެވެ.
ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 400 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ފައިނޭންސް ހަމަޖެހުމާއެކު އެ މަޝްރޫއުވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ވަނީ ކަނޑައަޅާފައެވެ. އަދި ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު