ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ކުލަގަދަ ރަސްމިއްޔާތެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ބައެއް ވާދަވެރިންގެ ނުފޫޒުން 2019 ގައި ނިއުރޭޑިއަންޓް ގަލޮޅު ދަނޑުން ގެއްލުވާލި ނަމަވެސް ނިއުރޭޑިއަންޓް އެނބުރި އައިސް، މިހާރު ވަނީ ފުޓުބޯޅައިގައި އަލުން ފިޔަގަނޑު ދަމާލާފައެވެ. އެގޮތުން އެ ކްލަބުން ދަނީ ދެވަނަ ޑިވިޜަންގައި ވާދަކޮށް ފުރަތަމަ ޑިވިޜަނަށް ޕްރޮމޯޓްވުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
އެމަސައްކަތަށް އިތުރު ޖޯޝާއި ހަކަތަ ގެނައުމަށްޓަކައި ނިއުރޭޑިއަންޓުގެ އައު މެނޭޖްމަންޓުން މިހާރު ނިންމާފައި ވަނީ ނިއުގެ ނުލާއި ހުދުގެ ދިދަ، އެފްއޭއެމް އިން އިސްނަގައިގެން ބާއްވާ އެފްއޭއެމް ލީގު ކަޕްގައި އުފުލާލައި އެމުބާރާތުގައި ވާދަކުރުމަށެވެ.
އެގޮތުން ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި މިއަދު ހަވީރު 15:45 ގައި ހެންވޭރު ބޯޅަ ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގައި ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ކުޅުންތެރިން ތަޢާރަފް ކުރުމަށް ހަމަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނިއުގެ މެނޭޖްމަންޓުން ބުނެފައިވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ޤައުމީ ތަށި 2 ފަހަރު މިލްކުކޮށް، އެއްވެސް މެޗަކުން ބަލިނުވެ އެއްއަހަރުގެ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ނިއުގެ ސަޕޯޓަރުންނަކީ އެ ޓީމުގެ ވިންދު ކަމަށެވެ. އެހެންކަމުން މިއަދުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ނިއުރޭޑިއަންޓުން ވަނީ އެދިފައެވެ.
ހަމައެއާއެކު މިއަދު ހަވީރު ބާއްވާ ޚާއްސަ ރަސްމިއްޔާތަށް ފަހު މިސީޒަނަށް ތައްޔާރުވުމަށް ނިއުގެ ޕްރެކްޓިސްތައް ފެށިގެންދާނެ ކަމަށްވެސް ކްލަބްގެ މެނޭޖްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.
ނިއު ދެވަނަ ޑިވިޝަނަށް ވެއްޓުނީ، އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު ފުޓުބޯޅައިގެ ޙަރަކާތްތަކުން ކްލަބް ސަސްޕެންޑް ކުރުމުންނެވެ. ނަމަވެސް، ނިއު އިން އޭރު ބުނެފައިވަނީ އެފްއޭއެމުން އެ ކްލަބަށް އަދަބު ދިނީ، އެފްއޭއެމްގެ އޭރުގެ ލީޑަރޝިޕްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕެޓިޝަނެއް ހެދުމުން ކަމަށެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް އެޓީމަކީ "ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު"ކަން ސާބިތުކޮށްދީފައެވެ.
ނިއުރޭޑިއަންޓްގެ ކާމިޔާބީތަކަށް ބަލާއިރު އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާއިރު އެޓީމުގެ ހަރުގަނޑުގައި އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް އެބަހުއްޓެވެ.
ހަމައެއާއެކު ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއުވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.
އޭގެއިތުރުން ނިއުރޭޑިއަންޓަކީ ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ނަމެއް ނޫނެވެެ. މިހާރު ދިވެހި ފުޓުބޯޅައިގެ ދުވެލި މަޑުޖެހިފައިވަނީ ނިއުރޭޑިއަންޓްފަދަ ކްލަބްތަކުގެ ޙަރަކާތްތައް ފުޓުބޯޅަ ދަނޑުގައި ފަނޑުވެފައި ވާތީކަމަށް ފުޓުބޯޅައިގެ މުޅި އާއިލާ ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު