މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ޔުމްނު ރަޝީދު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ހަބީބް، ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ގިނަ ބާރުތަކާއެކު ރައީސްގެ ގަރާރަކުން އުފެއްދެވި ކޮމިޝަނަށް ތިން ބޭފުޅަކު އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
ޑރ. މުޙައްމަދު ހަބީބްގެ އިތުރުން ދެން ކޮމިޝަންގައި ތިއްބަވަނީ ޑރ މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހައްމަދު އެވެ. ކޮމިޝަންގެ ރައީސްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑރ. މުހައްމަދު މުނައްވަރެވެ.
އޭގެ ތެރެއިން ޑރ. މުޙައްމަދު ހަބީބް ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްއާއި އާއިލީ ގުޅުން އޮތުމުންނެވެ. ހަބީބު އާއި ރައުދުއާ އާއިލީ ގޮތުން ގުޅެނީ ރައުދުގެ މަންމަގެ ފަރާތުންކަމަށް މައުލޫމާތު ލިބިފައިވެއެެވެ.
ރައީސް މުޢިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮމިޝަން އުފެއްދެވީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމަށެވެ.
ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމާއި، ކޯޓު އަމުރުތަކަށް އެދުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި، ހެކި ހޯދުމުގެ ބާރު ހިމެނެއެވެ.
އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންދެން ދެމިއޮންނާނެ ކޮމިޝަނެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެއްކޮށް އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 05 ދުވަސް ދީފައެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވާގޮތުން ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ހާދިސާ ހިނގިރޭ ޔުމްނު އާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މީގެކުރިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު