ގެއްލިގެން ހޯދާ ދޯނި
ގެއްލިގެން ހޯދާ ދޯނި
ގދ. ގައްދޫއިން ފުރި ދޯންޏެއް ފަޅުވެރިންނާ އެކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދާކަމަށެވެ.

ފުލުހުން ބުނީ މި ދޯނީގައި ތިބީ 5 މީހުންކަމަށާއި އެއީ 3 ދިވެހިންނާއި 2 ބިދޭސީންކަމަށެވެ.

އެހެންކަމުން އެ ދޯނީގެ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންނަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން