ހީޓް ސްޓްރޯކަކީ ހޫނުގަދަ މޫސުމުގައި ހަށިގަނޑުގެ ފިނިހޫނުމިން ބޮޑަށް އުފުލި، ހަށިގަނޑަށް ގެއްލުން ލިބޭ ހާލަތެކެވެ. މިކަން ދިމާވަނީ ގިނަ ވަގުތު ހޫނުގައި ހޭދަކުރުމުގެ ސަބަބުން ނުވަތަ ހަށިގަނޑުން ގިނައިން ބޭރުވުމުގެ ސަބަބުންނެވެ. ހީޓް ސްޓްރޯކުގެ ސަބަބުން ބޮލުގައި ރިއްސުމާއި ހަންގަނޑު ހިިކުން ފަދަ ތަފާތު މައްސަލަތައް ދިމާވެއެވެ. ނަމަވެސް، ބައެއް ކަހަލަ ކާނާ ކެއުމުން ހީޓް ސްޓްރޯކުން ރައްކާތެރިވެވޭނެއެވެ.
މިފަހަރު މި ހިމަނާލަނީ ހީޓް ސްޓްރޯކުން ރައްކާތެރިވާން ކާންވީ ބައެއް އެއްޗެއްސެވެ.
މޭބިސްކަދުރު
މޭބިސްކަދުރަކީ އޭގައި ފެނުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މިނަރަލްތައް ވެސް އެކުލެވިގެންވާ އެއްޗެކެވެ. މި ކެއުމުން ހަށިގަނޑުގައި ފެން ހިފެހެއްޓި، ހަށިގަނޑު ފިނިވެ، ހީޓް ސްޓްރޯކުގެ ނުރައްކަލުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަދި މީގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހޫނުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.
ކިއުކަމްބާ
ކިއުކަމްބާގެ 96 އިންސައްތަ އަކީ ފެނެވެ. މީގެ އިތުރުން ކިއުކަމްބާގައި ވިޓަމިން ސީ، ކޭ އަދި މެގްނީޝިއަމް ފަދަ މުހިންމު ނިއުޓްރިއެންޓްތައް އެކުލެވެއެވެ. އެހެންވެ މި ކެއުމުން ހަށިގަނޑު ވަރަށް ބޮޑަށް ފިނި ކޮށްދެއެވެ. އަދި މީގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން ހޫނުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދެއެވެ.
ކުރުނބާ ފެން
ކުރުނބާ ފެނުގައި ގިނައަދަދަކަށް އިލެކްޓްރޮލައިޓްތަކާއި މިނަރަލްތައް ހިމެނެއެވެ. މި ބުއިމުން ދާހިއްލާއިރު ހަށިގަނޑުން ގެއްލޭ އިލެކްޓްރޮލައިޓްތައް އަނބުރާ ލިބެއެވެ. އިތުރުން ކުރުނބާ ފެނުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ބެލެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ކުރުނބާ ފެނުގައި އެކުލެވޭ ސައިޓޮކައިނިންސްގެ ސަބަބުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު