އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ވަރުގަދަނުކޮށްފިނަމަ ކޯލިޝަން ސަރުކާރުން ވަކިވާނެކަމުގެ އިންޒާރު އެ ގައުމުގެ ފިނޭންސް މިނިސްޓަރު ބެޒަލެލްސް ސްމޮޓްރިޗް ވިދާޅުވެއްޖެ އެވެ.
ސްމޮޓްރިޗްއަކީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މެރުމަށް ވެސް ތާއިދުކުރައްވާ ބޭފުޅެކެވެ.
އޭނާ ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް މިލިޓަރީ ސަރުކާރެއް ގާއިމުކޮށް ހަމާސްއިން ރަހީނުކުރި މީހުން ސަލާމަތްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެއަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންއާ އެއްގޮތަށް ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ގޮވާލައްވައިފައިވެއެވެ.
އެހެން ނޫނީ ކޯލިޝަންއިން ވަކިވާާނެ ކަމުގެ އިންޒާރު ސްމޮޓްރިޗް ވަނީ ދެއްވައިފަ އެވެ.
ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރަން ސްމޮޓްރިޗް ގޮވާލެއްވި އިރު ޣައްޒާއިން ކާބޯތަކެތި މިހާރު އެއްކޮށްހެން ހުސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިސްރާއިލުން ދަނީ ކާބޯތަކެތި އެތެރެކުރުމަށް ހުރަސްވެސް އަޅަމުންނެވެ.
އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަދި މިހާތަނަށް 52،000 އަށް ވުރެ ގިނަ ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ނެވެ.

ކިޔުންތެރިންގެ ހިޔާލު