ރާއްޖޭގައި މިހާރު އޮތް ދަޢުލަތް ހިންގުމުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ޤާނޫނު އަސާސީ އަލުން އެކުލަވާލަންޖެހޭ ކަމަށް ދާދިފަހުން ޑިމޮކްރެޓްސް ދޫކުރަށްވައި އެމްޑީޕީއަށް ސޮއިކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި މިވަނީ މިހާރު އެކުލަވާލާފައިވާ ޤާނޫނު އަސާސީގެ ދަށުން ދަޢުލަތުގެ 3 ބާރުގެ ހިންގުން ވަކިކޮށްފައިވީ ނަމަވެސް ދަޢުލަތް ހިންގުމުގައި އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުމުގެ އަޑުތައް މީސްމީޑީއާގައި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އަމްރު ވިދާޅުވީ ރާއްޖޭގައި ހުރި މުއައްސަސާތަކާއި ކޮމިޝަންތައް މިނިވަންކަމާއެކު ނުހިންގެނީ ރާއްޖޭގައި އޮތް ނިޒާމް ރަނގަޅު ނުވުމުން ކަމަށެވެ. އަދި މިހާރު އޮތް ނިޒާމުގައި ކޯޓުތަކުން އަދުލު އިންސާފު ނުލިބޭ ކަމަށާއި، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލުނަސް ވެރިކަމުގައި ހުރެވޭ ކަމަށްވެސް އަމްރު ވިދާޅުވެފައިވެއެވެ.
“ރަނގަޅު ނިޒާމެއް ގާއިމުކުރުމަށްޓަކާ، ޖަވާބުދާރީވާން މަޖުބޫރުކުރުވާ ވެރިކަމުގެ އޮނިގަނޑެއް އޮންނަންޖެހޭ. އެހެންކަމުން ނިޒާމު ރަނގަޅު ކުރުމަށްޓަކާ ޤާނޫނު އަސާސީ އަލުން ހަދަންޖެހޭ.” އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވަނީ މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ފްރިފަރެންޝަލް ވޯޓިން ތަޢާރަފްކޮށް ރިޔާސީ އިންތިޚާބު އެއްބުރުން ނިމޭގޮތަށް ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ޤަސްދު ކުރަށްވާކަންވެސް ރައީސް ހާމަކުރަށްވާފައިވެއެވެ.
އޭގެއިތުރުން ރައީސް ވަނީ ގާނޫނު އަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ނިންމައިފި ނަމަ ގާނޫނު އަސާސީ އެގޮތަށް އިސްލާހުކުރުމަށް މަސައްކަތްޕުޅު ކުރަށްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު