ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހުމަށް ސަރުކާރުން ދޫކުރި ބައެއް މަސްކޭސްތައް ރަށްރަށުގެ ކައުންސިލްތަކުގައި އަދިވެސް ރައްކާކޮށްފައި އެބަހުރިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިހެން ބުނެފައި ވަނީ މިކަމާގުޅިގެން ފޯކައިދޫގެ ބައެއް ރައްޔިތުންގެ ޝަކުވާތައް މީސް މީޑިޔާގައި ޙިއްސާކުރަމުން ގެންދާތީ އެކަމާ ގުޅިގެންނެވެ. މި މަސް ކޭސްތަކަކީ ގޭގެއަށް ބަހާފައި ބާކީވެފައިވާ މަސް ކޭސްތައް ކަމަށް ކައުންސިލްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ކައުންސިލްތަކާބެހޭ ވުޒާރާއިން ބުނީ މަސް ކޭސްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަކި ގޮތެއް ކަނޑައަޅަންދެން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ބަހައްޓަވައިދިނުމަށް ދަންނަވާފައިވާ ކަމަށާއި، ވަކިގޮތެއް ނިމުމާއެކު ކައުންސިލްތަކަށް އެކަން އަންގާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މަސްލަޙަތު ގެއްލޭ ގޮތް ގޮތަށް ވާހަކަތައް ނުފެތުރުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި އެއްވެސް ރަށަކުން އެތަކެއްޗަށް އިހުމާލެއް ވެގެން ޝަކުވާއެއް ވެސް އަދި ލިބިފައިނެތް ކަމަށް ވުޒާރާއިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން