މާލޭގެ މާފަންނުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވުމުން މައްޔިތާ ވަޅުލައިފިއެވެ.
ފުލުހުން މިރޭ ބުނީ، މ. އަލުވިމާގެއާގެއިން މި މަހުގެ 22 ވަނަ ދުވަހު މަރުވެފައި އޮތް މީހަކު ފެނުނު ކަމަށާއި އެ މައްސަލަ އެ ދުވަހުގެ 16:40 އެހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 40 އަހަރުގެ މުޙައްމަދު ހިސާމް ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލައި، ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭގޮތުން އާއިލާއާއި މަޝްވަރާކޮށްފައިވާނޭ ކަމަށެވެ.
ނަމަވެސް އާއިލާއިން އެގޮތަށް ބޭނުން ނުވާތީ އެކަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު މި މަހުގެ 28 ވަނަ ދުވަހު ހަށިގަނޑު މޯޗަރީއިން ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފުލުހުންނަށް އަންގާފައިވާކަމަށެވެ. އެހެންކަމުން މިއަދު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
އަދި މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ އަސްރު ނަމާދަށްފަހު އޭނާގެ ހަށިގަނޑުވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު