ޔުމްނުގެ މަައިބަދައަށް ވެފައިވާ ގެއްލުން —
ޔުމްނުގެ މަައިބަދައަށް ވެފައިވާ ގެއްލުން —
އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ކުރަންޖެހޭ އެންމެ ބޮޑު އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށް ނިންމާލެވިއްޖެކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ޔުމްނު މިހާރު ފަރުވާ ހޯދަމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. އޭނާގެ އާއިލާގެ ފަރާތުން އޭނާގެ ޅިޔަނެއްކަމަށްވާ މުޙައްމަދު މުއުމިން އެކްސްގައި މިއަދު ބުނީ، ޔުމްނުގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ7 ކަށިގަނޑުގައި ރެނދެއް ލާފާއިވާތީ އެކަމަށް ފަރުވާ ކުރުމަށް ބޮޑު ސާޖަރީއެއް މިއަދު ހަދާފައިވާކަމަށެވެ.

އެގޮތުން މިއަދު މެންދުރު 3 ޖެހީއްސުރެ ޔުމްނު އޮޕަރޭޝަނަށް ވައްދާފައިވާ ކަމަށާއި އެކަމުގައި 5 ގަޑިއިރަށްވުރެ ގިނައިރު ހޭދަވެއްޖެކަމަށެވެ.

އޭނާ ބުނީ އެ އޮޕަރޭޝަނަކީ މި ފަރުވާގައި ޔުމްނު ކުރަންޖެހުނު އެންމެ މުހިންމު އޮޕަރޭޝަން ކަމަށެވެ. މިފަދަ ރިސްކު ބޮޑު އޮޕަރޭޝަނެއް ދެން ކުރަން ނުޖެހޭކަން ފާހަގަކޮށް މުއުމިން ބުނީ ހުރިހާކަމެއް ރަނގަޅަށް ގޮސްފިނަމަ ވަރަށް އަވަހަށް ޔުމްނުއަށް އިށީނދެވޭވަރު ވާނެކަމަށެވެ.



ޔުމްނު ވެއްޓިފައިވާ ބައެއް ފޮޓޯތައް މިހާރު އާންމުވެފައިވާއިރު، އުސް އިމާރާތަކުން ވެއްޓުމުގެ ސަބަބުން އޭނާގެ ބައެއް ކަށިތައް ބިނދިފައިވާކަން ފޮޓޯތަކުން ފާހަގަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން