މަރްޔަމް ނަހްދާ ވަޙީދު   30 އޭޕްރީލު 2025 - 6:38
އިންސާނާގެ ސިކުނޑި
އިންސާނާގެ ސިކުނޑި
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ސިކުނޑިއެވެ. ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ފައިދާހުރި އެއްޗެހި ކާން ޖެހެއެވެ. އެހެންނަމަވެސް، ބައެއް ކަހަލަ ކާއެއްޗެހި ކެއުމުން ސިކުނޑީގެ ސިއްހަތަށް ގެއްލުންވެއެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ މިފަދަ ކާނާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ސިކުނޑީގެ ސިއްހަތަށް ގެއްލުންހުރި 2 ބާވަތެއްގެ ކާނާއެވެ.

ހަކުރު އެކުލެވޭ ކާނާ

ހަކުރު ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ސޮފްޓް ޑްރިންކްސް، ކޭކު، އަދި ޗޮކްލެޓް ފަދަ ތަކެތި ހިމެނެއެވެ. މިފަދަ ކާނާ ގިނައިން ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ މަސައްކަތައް ދަތިވެ، ސަމާލުކަން ދެމެހެއްޓުމަށް އުނދަގޫވެއެވެ. އަދި ދިގު މުއްދަތެއްގައި މިފަދަ ކާނާ ބޭނުންކުރުމުން މީހާގެ ހަނދާން ބަލިކަށިވެ، އުނގެނުމުގެ ގާބިލުކަންވެސް ދައްވެއެވެ.

ޓްރާންސް ފެޓު އެކުލެވޭ ކާނާ

ޓްރާންސް ފެޓު ގިނައިން އެކުލެވެނީ ޕްރޮސެސް ކޮށްފައި ހުންނަ ކާނާގައެވެ. އޭގެ ތެރޭގައި ތެލުލި ކާނާ، ޕެކެޓް ކުރެވިފައި ހުންނަ ބިސްކޯދު، އަދި މާޖިރީން ފަދަ އެއްޗެހި ހިމެނެއެވެ. މިފަދަ ކާނާ ގިނައިން ކެއުމުން ސިކުނޑީގައި ލޭދައުރުވާ ވަރު ދައްވެއެވެ. މީގެ ސަބަބުން ސިކުނޑީގެ މަސައްކަތް ލަސްވެ މީހާގެ ވިސްނުން ބަލިކަށިވެއެވެ. އަދި ދިގު މުއްދަތެއްގައި މިފަދަ ކާނާ ބޭނުންކުރުމުން ސިކުނޑީގެ ބައްޔެއް ކަމަށްވާ އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން