ހައްޖުވެރިންތަކެއް--
ހައްޖުވެރިންތަކެއް--
ހުއްދަ ނުހޯދާ ހައްޖައްދާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ވޯކް ވިސާއާއި ޓޫރިސްޓް ވިސާގައި ހައްޖުވުމުގެ މައްސަލަތައް ސައުދީގައި މިފަހުން ވަނީ ބޮޑުވެފަ އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ ހުއްދަ ނެތި ހައްޖުވެއްޖެނަމަ 5331 ޑޮލަރުން އެފަދަ މީހުން ޖޫރިމަނާކުރާނެ ކަމަށެވެ. އެއީ ކޮންމެ ވައްތަރެއްގެ ވިސާއެއް އޮތް މީހެއްކަމަށް ވިޔަސް އެފަދައިން ޖޫރިމަނާކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި ހުއްދަނެތި ހައްޖުވާ މީހުންނަށް އެކޮމަޑޭޝަން ދޭ މީހުންނާއި ޓްރާންސްޕޯޓް ހަމަޖައްސައިދިނުމާއި ދެ ހަރަމްފުޅަށް ގެންގޮސްދިނުމަށް އެހީވާ މީހުން 26658 ޑޮލަރުން ޖޫރިމަނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ވަގަށް ހައްޖުވާ މީހުން ޑީޕޯޓްކޮށް 10 އަހަރު ދުވަހަށް ސައުދީއަށް ނޭރޭ ގޮތަށް ވެސް ވަނީ ހަދަން ނިންމައިފަ އެވެ.

އޭގެ އިތުރުން ހަރަމްފުޅަށް ގެންގޮސްދިނުމަށް ބޭނުންކުރާ ވެހިކަލްތައް ވެސް ދައުލަތަށް ނަގަން ކޯޓު އަމުރަށް އެދޭނެ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

މި ފަހަރުގެ ހައްޖުގައި ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ބައިވެރިވާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން