ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ނުވައްދާ ހުއްޓުވާފައި އޮންނަތާ 60 ދުވަސް ވެއްޖެއެވެ.
ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާގެ މަދަދާއެކު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކުރަމުންދާތާ މިހާރު އެތައް މަހެއް ވަނީ ވެފައެވެ. ކޮންމެ ދުވަހަކުވެސް މި ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރެވެމުންދާއިރު ޣައްޒާއިން މަރުވާ ގިނަ މީހުންނަކީ ކުށެއް ނެތް ރައްޔިތުންކަން ފާހަގަ ކުރެވެއެވެ.
އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެކަނިވެސް 38 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގެ އިތުރު ތަފްސީލެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަނުކުރެއެވެ.
އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ "އިންސާނީ ކާރިސާ" ހުއްޓުވުމަށް "އެއްބައިވަންތަ" ފިޔަވަޅުތަކެއް އެޅުމަށް އދ. އިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ގޮވާލާފައެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްރާއީލަށް ވާގިވެރިވާއިރު ޣައްޒާގެ މުސްލިމުންގެ ދިފާއުގައި އިސްލާމީ ގައުމުތަކުން އަދިވެސް އެއްގަލަކަށް ނާރާކަން ފާހަގަ ކުރެވެއެވެ.
ޣައްޒާއާ ދެކޮޅަށް ކުރަމުންދާ މި ހަނގުރާމައިގައި ފަލަސްތީނުގެ 52،365 މީހުން މަރުވެ، 117،905 މީހުން ވަނީ ޒަޚަމްވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ އަޅުވެތިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު