ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ތަންފީޒު ނުކުރެވޭ ގާނޫނުތަކުގެ ނަތީޖާއަކީ ރައްޔިތުން ކުށްވެރިންނަށްވެ ގައުމު ޖަލަކަށްވުން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމާމެދު އިންކާރު ނުކުރަށްވާ ކަމަށެވެ. ނަމަވެސް ގާނޫނުތައް ފާސްކުރަން ވާނީ ރައްޔިތުންނަށް އޭގެ ބުރަ އުފުލޭނެ މިންވަރަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިއަދު ވިދާޅުވީ ދުންފަތާބެހޭ ޤާނޫނުގައި މިހާރު ހުރި ބައެއް ކަންތައްތައް ތަންފީޒު ވަމުން ނުދަނީ އޭގެ ބުރަ ތަންފީޒީ އިދާރާތަކަށްވެސް އުފުއްލަން ދަތިވާތީ ކަމަށެވެ. އެގޮތުން ޤާނޫނު ފާސްކުރިފަހުން މިހާތަނަށް 600 މިލިއަން ރުފިޔާއަށްވުރެ ގިނަ ސިނގިރޭޓު ދައުލަތުގެ ތަންފީޒީ މުއައްސަސާތަކުގެ ބައެއް މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ވަގަށް އެތެރެވެފައިވާކަމަށް ޣަފޫރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އުފުލޭވަރު ކަންތައްތަކައިގެން އަޅުގަނޑުމެން ދާންޖެހެނީ، ނޫންނަމަ ހައްތަހާވެސް މިހެން ހެދޭ ގާނޫނުތަކުގެ ސަބަބުން ރައްޔިތުން ގާނޫނާ ހިލާފުވެ ކުށްވެރިންގެ ގޮތުގައި މުޅި ގައުމު ޖަލަކަށް ބަދަލުވެގެންދާނެ.” ޣަފޫރު މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޣަފޫރު ވަނީ ދުންފަތުގެ ޤާނޫނުގެ ސަބަބުން ނުކުންނަމުންދާ ނޭދެވޭ ނަތީޖާއިން ސަލާމަތްވުމަށް ސިނގިރޭޓުގެ އަގު ކުރިން ހުރި ވަރަށް ދަށް ކުރުމަށް ސަރުކާރަށް ގޮވާލަށްވާފައެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ނިންމާފައި ވަނީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" ތަންފީޒު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން