އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
ސަރުކާރުން މަޖިލީހަށް ހުށައެޅި ދުންފަތުގެ ބިލް ސްޕޮންސަރ ކުރެއްވި މެންބަރަށް މީސްމީޑިއާގައި އިންޒާރު ދިނުން ބަލައިނުގަންނަ ކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ދުންފަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު އަޝްރަގެވެ. އޭނާއަށް ފޭސްބުކްގައި އިންޒާރު ދީފައިވަނީ ހަމީދު ނުޝްރާގެ ނަމުގައި ޙަރަކާތްތެރިވާ އެކައުންޓަކުންނެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގައި ބިލު ސްޕޮންސާ ކުރަށްވާ މެންބަރު އެ ބިލުގެ ޒިންމާ ފުރިހަމައަށް ނަންގަވަންވެސް ނުޖެހޭނެ ކަމަށެވެ. އަދި މެންބަރު އަޝްރަޤަށް މީސްމީޑިއާގައި އިންޒާރު ދިނުން ބަލައިނުގަންނަ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

“ކަންބޮޑުވުންތަކެއް ހުރިއްޔާ ބިލު ދިރާސާކުރުމުގެ ތެރޭގައި އިތުރަށް އިސްލާހު ކުރުމަށް ފުރުސަތު ލިބޭނެ." ނާޒިލް ވިދާޅުވެފައިވެއެވެ.

ނާޒިލްގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު ޙުސްނީ މުބާރަކްވެސް މިއަދު ވިދާޅުވެފައިވަނީ ބިލް ހުށަހެޅުއްވި މެންބަރުގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ބިލްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ނޫސްވެރިންވެސް ޒިންމާދާރުވުމަށް ޙުސްނީ ގޮވާލެއްވިއެވެ.

“ބިލުގައި އޮތް އެއްޗެއް ސާފުނުވާ ގޮތަށް ހެޑްލައިނެއް ޖެހުމުން މެންބަރަށާއި މެންބަރުގެ ފުރާނައަށް ގެއްލުންވާ ގޮތް މިއައީ.” މެންބަރު ޙުސްނީ ވިދާޅުވެފައިވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށައެޅި ދުންފަތުގެ ބިލް ސްޕޮންސަރ ކުރެއްވި މެންބަރަށް މީސްމީޑިއާގައި އިންޒާރު ދީފައިވާއިރު، އެބިލުގައި އޮތީ ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ ގޮތާއި، ވޭޕް މަނާކޮށްފައިވާތީ އެކަން ތަންފީޒުކުރުމަށް ފުލުހުންނަށް އިތުރު ބާރު ދިނުމަށާއި، ދުންފަތް އުފެއްދުމަށް ބޭނުންކުރާ އިތުރު ތަކެތި މަނާކުރުމަށެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ ނޮވެމްބަރ ފުރަތަމަ ދުވަހުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން