އެއްވެސް ފަރާތަކުން ރިޔާސީ ކޮމިޝަނަށް ނުފޫޒު ފޯރުވަން އުޅެފިނަމަ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ، އެންމެބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރު ކޮމިޝަންގެ މައްޗަށް ދެމެހެއްޓުމަށް ކަމަށެވެ.
އެގޮތުން ޔުމްނުގެ އާއިލާގެ ފަރާތުން އެ ކޮމިޝަނަށް އިތުބާރު ނެތްކަމަށް ބުނެ ވާހަކަ ދެކެވޭ ކަމަށާއި މި މައްސަލައާ ގުޅިގެން ކުރަމުން ގެންދާ މުޒާހަރާތަކުގައި ވެސް އެ ކޮމިޝަނަށް އިތުބާރު ނެތްކަމަށް ވާހަކަ ދެކެވޭކަން އެނގިލައްވާކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ނަމަވެސް އެކަމާ ހައިރާން ނުވާކަމަށާއި އެކަން އެހެން ދިމާވަނީ މީގެ ކުރިން އުފައްދާފައިވާ ކޮމިޝަންތަކުން މަސައްކަތް ކޮށްފައިވާ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އާންމުންގެ އިޙްސާސްތަކަށް ބަލައިގެން ވީހާވެސް އަވަހަށް މި މައްސަލަ ތަހުގީގުކޮށް ނިންމުމަކީ ކޮމިޝަންގެ އަމާޒް ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ހޯދުންތައް ވައިޓްވޮޝް ކުރަން މަސައްކަތް ނުކުރަށްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވެފައިވެއެވެ.
“އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫން ގޮތަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން.” ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޢިއްޒު ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ކޮމިޝަނުގައި ޑރ. މުނައްވަރުގެ އިތުރުން ފުރަތަމަ ހިމެނިވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ނަމަވެސް ޑރ. ހަބީބް ވަނީ ޖެހިގެން އައި ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އޭގެފަހުން މިދިޔަ ހޯމަ ދުވަހު ރައީސް ކޮމިޝަނަށް ބަދަލު ގެންނަވާފައިވާއިރު މިހާރު ކޮމިޝަނުގައި ޑރ. މުނައްވަރާއި، އަހުމަދު މުހައްމަދުގެ އިތުރުން، ޑރ. މޫސާ މުރާދާއި، ޖަބީން މުޙައްމަދާއި، އާމިނަތު އީނާސް ވަނީ ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު