ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ މީހަކަށް 150،000ރ. ދޭން މާލެއަތޮޅު ހުރާ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ މިއީ ހަމައެކަނި އެރަށުގެ ރަށްވެހިންނަށް އޮތް ފުރުސަތެއް ކަމަށެވެ.

މިއަދު ހުރާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނުކުރުމުގެއް ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ ހާފިޒަކަށާއި އަމިއްލަ ގޮތުން ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ މީހަކަށް ވެސް 150،000ރ. ދޭނެ ކަމަށެވެ.

އެގޮތަށް ނިންމީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްގެންނެވެ.

ހުރާ ކައުންސިލުން ބާއްވާ، ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު