މާލެ އަތޮޅު ހުރާގެ މަގުމަތީގައި މިދުވަސްވަރު އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ކަމަކަށް އެ ރަށު މަގުމަތީގައި އުޅޭ ކުޑަ ޅަ ބަކަރިއެއް ވެއްޖެއެވެ. މި ބަކަރީގެ ހިތްގައިމު ހަރަކާތްތަކާއި، އޭގެ ލޯބިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތައް ވަނީ އަތުލާފައެވެ.

ހުރާގެ މަގުމަތީގައި މި ބަކަރި މިނިވަންކަމާއެކު ދުވެލާފައި އުޅޭ މަންޒަރަކީ މިހާރު އެ ރަށަށް އަންނަ މީހުންނަށް ފެންނަ އެންމެ އުފާވެރި އެއް މަންޒަރެވެ. ގިނަ ބަޔަކު އަންނަނީ މި ބަކަރިއާއެކު ފޮޓޯ ނަގައި، އޭގެ ލޯބި ހަރަކާތްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، މި ބަކަރިއަކީ ވަރަށް އިންސާނުންނާ ރައްޓެހި، އަދި މީހުންނާ ގާތްވާން ބޭނުންވާ ސޫފި އެކެވެ.





މި ކުޑަ ބަކަރީގެ ސަބަބުން ހުރާގެ މަގުމަތީގެ މާހައުލަށް އިތުރު ދިރުމެއް ލިބިފައިވާއިރު، މިއީ އެ ރަށުގެ އާންމު ދިރިއުޅުމުގެ ތެރެއިން ފެންނަ ވަރަށް ހިތްގައިމު އަދި ތަފާތު މަންޒަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މި ބަކަރި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް މަގުބޫލު "ސެލެބްރިޓީ" އަކަށް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު