މާލެ އަތޮޅު ހުރާގައި މި އަހަރުގެ ފިތުރު އީދުގެ ކުޅިވަރުތައް ރަށު ފެންވަރުގައި ވަރަށް ކުލަގަދަކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އީދުގެ ފޯރި ބަލައިލުމަށާއި، މި ހަރަކާތްތައް ތަޖުރިބާކޮށްލުމަށް "ރަސް އޮންލައިން" ގެ ނޫސްވެރިއަކު އިއްޔެ ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައެވެ.
އެގޮތުން ރަށުގެ ބައެއް ރައްޔިތުންނާ ސުވާލުކޮށްލުމުން އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އީދު ކުޅިވަރުތަކާއި އީދު ބަންދާ ދިމާކޮށް އެ ރަށަށް ދިޔަ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރަށުގެ ހުރިހާ ގެސްޓްހައުސްތަކެއް ވަނީ މުޅިން ފުރިފައެވެ.
އަދި ޖާގަ ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ހޯމްސްޓޭ އުސޫލުން މީހުން ދިރިއުޅޭ ގޭގޭގެ ކޮޓަރިތަކުގައިވެސް ބައިތިއްބަން ޖެހުނު ކަމަށްވެސް ރަށު ރައްޔިތުން މައުލޫމާތު ދިނެވެ.
ކޮޓަރިތަކަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އީދާ ދިމާކޮށް ހުރާގެ ގެސްޓްހައުސްތަކުގެ އަގުތައް ވަނީ ރެއަކަށް 1500 ރުފިޔާއަށް އުފުލިފައެވެ.
އެ ރަށުގައި އީދު ފާހަގަކުރުމުގެ ގޮތުން އީދު ނަމާދަށްފަހު ބޭއްވުނު "ހެދުނުގެ ސައި" އަށްފަހު، ސަގާފީ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި ކޯޑި ކެނޑުމާއި ފޯރިގަދަ ހަރަކާތްތަކާއި، ރޭގަނޑު ބޭއްވުނު ހާއްސަ ސްޓޭޖް ޝޯތަކުގެ އިތުރުން ބޮޑުބެރުގެ ފޯރިގަދަ ކުޅިވަރުތައް ހިމެނެއެވެ. ހުރާގެ މި އަހަރުގެ އީދު ހަރަކާތްތައް ނިމިގެންދިޔައީ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރި އެންމެހާ ފަރާތްތަކަށް ވަރަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު