ދަން ޖެއްސި މޮހްސެން
ދަން ޖެއްސި މޮހްސެން
އިސްރާއިލަށް ޖާސޫސްކޮށްދެމުން ދިޔަ މީހަކު އިރާނުން ދަން ޖައްސާ މަރާލައިފި އެވެ.

މޮހްސެން ލަންގަރުނޭޝީ ނަމަކަށް ކިޔާ އެ މީހާ މަރާލައިފައިވަނީ އިއްޔެ އެވެ.

އިރާނުގެ ޖުޑިޝަރީން ބުނީ މޮހްސެން އިސްރާއިލުގެ ޖާސޫސީ އިދާރާާ، މޮސާޑްއަށް 2020އިން ފެށިގެން ޖާސޫސް ކޮށްދެމުން ދިޔަ ކަމަށެވެ. އެގޮތުން މޮސާާޑްއަށް އޭނާ ޓެކްނިކަލް، ލޮޖިސްޓިކް އަދި އޮޕަރޭޝަނަލް ސަޕޯޓް ފޯރުކޮށްދިން ކަމަށް ވެސް ޖުޑިޝަރީން ބުންޏެވެ.

މޮހްސެންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި 2022 ވަނަ އަހަރު އިރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކާނަލްއަކު ޝަހީދުކޮށްލި މައްސަލަ ހިމެނެ އެވެ.

އެ ކާނަލް ގެއަށް ދަނިކޮށް ޝަހީދުކޮށްލީ ދެ މޮޓޯ ސައިކަލްއެއްގައި ދިޔަ ބަޔަކު ބަޑިން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާ ދިން އިރު ސީންގައި މޮހްސެން ހުރި ކަމަށާއި އަދި މޮހްސެން މޮޓޯ ސައިކަލެއް ގަނެ ކާނަލް ދާ ތަންތަން ފާރަލަމުންދިޔަ ކަމަށް ވެސް އިރާނުން ބުންޏެވެ.

އޭގެ އިތުރުން އިރާނުގެ ޑިފެންސް މިނިސްޓްރީއާ ގުޅުން އޮންނަ އިންޑަސްޓްރިއަލް ސައިޓަކަށް ހަމަލާ ދޭން އެހީތެރިވުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ.

އިރާނުގެ ޖުޑިޝަރީން ބުނީ މޮހްސެންގެ މައްޗަށް ވަރަށް ގިނަ ހެކިތައް ހުށަހަޅާފައި އޮތް ކަމަށާއި އަދި އޭނާ ކުށްތަކަަށް އިއުތިރާފްވެސްވެފައިވާ ކަމަށެވެ.

މޮހްސެން މެރުމުން ހުޅަނގުގައި އޮޕަރޭޓް ކުރަމުންދާ އިރާނުގެ ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އިރާުނުން 2023 ވަނަ އަހަރު ވެސް މޮސާދަށް ޖާސޫސުކޮށްދެމުން ދިޔަ ދެ މީހަކު ދަން ޖައްސާ މެރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން