ނިރުބަވެރި އިސްރާއީލުގައި ފެތުރެމުންދާ އަލިފާން ކޮންޓްރޯލް ކުރުމަށް ނުކުޅަދާނަ ވުމުން ނުވަ ސަރަހައްދަކުން 10،000 މީހުން ގެދޮރު ދޫކޮށް ގޮސްފިއެވެ.
ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގައި ފެތުރެމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެގައުމުގެ އަލިފާން ނިއްވާ ފަރާތްތައް ވަނީ ނުކުޅެދިފައެވެ. އެގޮތުން ރޭގަނޑުވުމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ މަތިންދާ ބޯޓުތައް އުދުހުންވެސް ވަނީ ހުއްޓާލާފައެވެ.
މި އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރެމުންދަނީ އިސްރާއީލުގެ ޝަ’އާރު ހަގާގައި އެވެ. މި އަލިފާންގަނޑުގެ އަސަރު އެތައް ހިސާބެއް ދުރަށްވެސް ފެތުރިދާނޭ ކަމުގެ ބިރު މިހާރުވަނީ އުފެދިފައެވެ. އަލިފާން ކޮންޓްރޯލް ނުކުރެވި އިތުރު ސަރަހައްދުތަކަށް ފެތުރެމުންދަނީ، ވައިގަދަވުމުގެ ސަބަބުން ކަމަށްވެސް މިހާރު ދަނީ ބުނަމުންނެވެ. އަދި އެކި ފަހަރު އެކި ދިމާއަށް ވައި އެނބުރެމުންދާތީ، ކޮންޓްރޯލް ކުރަން އުނދަގޫވެ، އިތުރު ސަރަހައްދުތަކަށް ދަނީ ފެތުރެމުންނެވެ.
މި އަލިފާންގަނޑު އިތުރަށް ރޯވެ އަނދަމުންގޮސްދާނެތީ އިތުރު އަވަށްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގައުމުގެ މީޑިއާއިން ބުނެފައިވަނީ، މިއީ އިސްރާއީލުގެ ތާރީހުގައިވެސް ތަޖުރިބާކުރާ އެންމެ ބިޔަ އަދި އެންމެ ނުރައްކާ އަލިފާން ކަމަށެވެ.
އަލިފާން ރޯވެ އަނދަމުންދާތީ، އިސްރާއީލުގެ މިނިވަންދުވަހުގެ އިހުތިފާލުތައްވެސް މިހާރުވަނީ ކެންސަލް ކޮށްފައެވެ. އިސްރާއީލުގެ ފަޔަރ އެންޑް ރެސްކިއު ކޮމިޝަނަރ ބުނެފައިވަނީ، އަލިފާން ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އަދިވެސް ފެތުރޭނޭ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވެދާނޭ ކަމުގެ އިންޒާރުވެސް އޭނާ ދީފައި ވެއެވެ.
މިއީ، ބަޔަކު ގަސްތުގައި ރޯކުރި އަލިފާނެއްކަމަށްވެސް އިސްރާއީލު ބައެއް މީހުން ވާހަކަ ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު