ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ނިމުނު “އަންހެންވެރިންގެ ސައްލާ“ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގައި، ކައުންސިލްތަކަކީ ވެސް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކަކީ ވެސް އޭގެ ޒާތުގައި ސަރުކާރުގެ ފަށަލައެއް ކަމަށެވެ.

އެހެންކަމުން ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އާދަމް ޝަރީފް އިލްތިމާސްކުރެއްވިއެވެ.

އަންހެންވެރިންގެ ސައްލާ ބާއްވާފައިވަނީ މިދިޔަ މަހުގެ 29 އިން 30 އަށެވެ. މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އަންހެނުން ކޮމިޓީގެ މެންބަރުންގެ ތެރެއިން 59 މެންބަރަކު ބައިވެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން